ތަރުހީބު ބޮޑުވި ލައިސަންސް ބުރު ނިންމާލައިފި
މާއުނގޫދޫ ކައުންސިލާއި ށ އަތޮޅު ކައުންސިލް ގުޅިގެން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ބުރެއް ބާއްވައިފިއެވެ.
މި ލައިސަންސް ބުރު ކުރިއަށް ގެންގޮސްފައި ވަނީ 10 އަދި 11 ޖަނަވަރީ 2022 ވަނަ ދުވަހު ށ. ފުނަދޫ ގައެވެ. މި ލައިސަންސް ބުރުގައި ޖުމްލަ 31 ފަރާތެއް ބައިވެރިވެފައިވެއެވެ.
ލައިސަންސް ބުރުގައި ބައިވެރިވި 31 ބައިވެރިންގެ ތެރެއިން ޖުމްލަ 26 ފަރާތެއް އިމްތިހާނުތަކުން ފާސްވެ ލައިސަންސް ހާސިލުކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.
މި ލައިސަންސް ބުރުގައި ބައިވެރިވި ފަރާތްތައް ފުނަދުއަށް ދިއުމުގެ އިންތިޒާމާއި، ދުއްވުމަށް ބޭނުންވާ ވެހިކަލާއި، ހުރުމާއި ކެއުމުގެ އިންތިޒާމްތައް ވަނީ މާއުނގޫދޫ ކައުންސިލުން ހަމަޖައްސައިދީފައެވެ.