މިޝަން އަދި ވިޝަން

ކައުންސިލްގެ ތަޞައްވުރު

މި ކައުންސިލްގެ ތަޞައްވުރަކީ މާއުނގޫދޫ ރައްޔިތުންނަކީ ފެންވަރު ރަނގަޅު ތަޢުލީމީ، އެކަކު އަނެކަކަށް އިޙްތިރާމްކުރާ، އަމާން އޮމާން ކަމާއިއެކު އިސްލާމްދީނާއި އެއްގޮތަށް ދިރިއުޅޭ ރައްޔިތަކަށް ހެދުމަށް، ކައުންސިލާ ގުޅިގެން ކުރިމަގު އުޖާލާކުރުމަށް މަސައްކަތްކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށަކަށް ހެދުމެވެ.

ކައުންސިލްގެ އަމާޒު

މި ކައުންސިލްގެ އާމާޒަކީ ޒަމާނަށް އަންނަ ކޮންމެ ކުރިއެރުމެއް ދެނެގަނެ ތަޢުލީމީ، އިޤްތިޞާދީ، ޢުމްރާނީ އަދި ޞިއްޙީގޮތުން ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއްނެތި، އިޖުތިމާޢީ ގުޅުން ބަދަހިކޮށް، އެންމެން އެކީގައި ތަރައްޤީއަށް މަސައްކަތްކުރާ މުޖުތަމަޢުއެއް ބިނާކުރުމެވެ.