މާއުނގޫދޫ ކައުންސިލްގެ ވަފުދެއް ރަސްމީ ދަތުރެއްގައި ފުރައިފި

މާއުނގޫދޫ ގެ ތަރައްޤީގެ މަސައްކަތްތަކާއި ކުރިއަށް ރޭވިފަހުރި ކަންކަމާއި ރަށަށް ދިމާވެފައިވާ އެކި ކަންކަމާއިމެދު މަޝްވަރާކުރުމަށް ކައުންސިލްގެ ވަފުދެއް ރަސްމީ ދަތުރެއްގައި މިއަދު މާލެ ފުރައިފި އެވެ.

މިއަދު 3:00 ގައި ފުރި ވަފުދުގައި ހިމެނެނީ މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަލީމާއި ކައުންސިލްގެ ނައިބްރައީސް މުސްޠަފާ ޢަބްދުލްޤައްޔޫމާއި ކައުންސިލް މެންބަރ މޫސާ ޙަސަން އަދި ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އިބްރާހިމް ޝަރީފްއެވެ.

މި ދަތުރުގެ މައިގަނޑު ބޭނުމަކީ ސަރުކާރުން މާއުނގޫދޫގައި ކުރިއަށް ގެންދާ ތަރައްޤީ އެކި މަޝްރޫޢުތަކާއި ގުޅޭގޮތުން މިނިސްޓްރީތަކާއި ބައްދަލުކޮށް މަސައްކަތްތައް މިހާރަށްވުރެ ބާރަށް ގެންދެވޭނެ ގޮތްތަކާއިމެދު މަޝްވަރާ ކޮށް ރަށަށް ދިމާވެފައިވާ އެކި މައްސަލަތަކާމެދު މަޝްވަރާކޮށް އެކަންކަން ހައްލުކުރުމަށްޓަކައި ސަރުކާރާއި ގުޅިގެން ކައުންސިލަށް ކުރެވެންހުރި ކަންކަން ދެނެގަތުމެވެ.