ފެބުރުއަރީ މަހުގެ ބައްދަލުވުން ބާއްވައިފި

ލާމަރުކަޒީ ޤާނޫނާއި އެއްގޮތަށް ކައުންސިލުން ފެބުރުއަރީ މަހު ބާއްވާބައްދަލުވުން 27 ފެބުރުއަރީ 2022 ދުވަހުގެ ރޭ ބާއްވައިފިއެވެ. މިބައްދަލުވުމުގައި ކައުންސިލުގެ ފާއިތުވި އަހަރުގެ މާލީހިސާބުތަކާއި ކައުންސިލުގެ މަސައްކަތްތައް ރައްޔިތުންނާއި ޙިއްސާކުރުމާއި އެކު، ކައުންސިލުން ހިންގުމާއި ކުރިއަށް ރޭވިފައިހުރި ބައެއް ޕްރޮޖެކްޓްތަކާއި ގުޅޭ މަޢުލޫމާތު ރައްޔިތުންނާއި ޙިއްޞާ ކުރެވުނެވެ. އަދި ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެޖެންޑާގައި ހިމެނުނު ސަރުކާރުގެ ފަރާތުން މާއުގޫދޫގެ ބަދަރު ތަރައްޤީކުރުމަށް އެކުލަވާލާ ފައިވާ ކޮންސެޕްޓް ރައްޔިތުންނާއި ޙިއްސާކުރުމަށްފަހު އެކޮންސެޕްޓް އިސްލާޙްކުރުމަށްފަހު އަލުން ކުރެހުންތައް ތައްޔާރު ކޮށް ދެއްވުމަށް ސަރުކާރަށް ހުށަހެޅުމަށް ނިންމުނެވެ.