ޖުލައި މަހުގެ ރައްޔިތުންގެ ބައްދަލުވުން 28 ޖުލައި 2022 ގައި ބާއްވަނީ

2022 ވަނައަހަރު ޖުލައިމަހުގެ ރައްޔިތުންގެ ބައްދަލުވުން 28 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ ރޭ 09:00 ގައި ބާއްވާގޮތަށް ކައުންސިލުން ހަމަޖައްސަވައިފިއެވެ. މިބައްދަލުވުމުގައި 2023 ވަނަ އަހަރަށް ކައުންސިލުން އެކުލަވާލާފައިވާ މަސައްކަތު ތާވަލާއި ބަޖެޓަށް ޚިޔާލު ހޯދުމާއި، 2022 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ރިޕޯޓް ޙިއްސާ ކުރުން އޮންނާނެއެވެ. މާއުނގޫދޫ ކައުންސިލްގެ 2022 ވަނައަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ރިޕޯޓް ކައުންސިލްގެ ވެބަސައިޓްގައި މިހާރުވަނީ ޢާއްމުކުރެވިފައެވެ. މިބައްދަލުވުމަށް އެންމެހާ ރައްޔިތުންނަށް ކައުންސިލުން ދަޢުވަތު އަރުވައެވެ. މިބައްދަލުވުމުގައި މަޝްވަރާކުރެވޭ މުހިއްމު ލިޔެކިޔުންތައް ކައުންސިލުގެ ވެބްސައިޓުން ފެނިވަޑައިގަންނަވާނެއެވެ.

  1. ހަމަސް ދުވަހުގެ ރިޕޯޓް. https://maaungoodhoo.gov.mv/category/report/six-month-report
  2. މަސައްކަތު ތާވަލު.    https://maaungoodhoo.gov.mv/679