މިއަހަރުގެ ދެވަނަ ރައްޔިތުންގެ ބައްދަލުވުން މިރޭ ބާއްވައިފި

މިއަހަރުގެ ދެވަނަ ރައްޔިތުންގެ ބައްދަލުވުން މިރޭ (28 ޖުލައި 2022) 09:00 ގައި ބާއްވައިފިއެވެ. މިބައްދަލުވުމަކީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލުން މިއަހަރު ރައްޔިތުންނާ ބައްދަލުކުރި ދެވަނަފަހަރެވެ. މިރޭ މާއުނގޫދޫ ސްކޫލުގައި ބޭއްވި ބަައްދަލުވުމުގައި މިއަހަރުގެ ފުރަތަމަ ހަމަސްދުވަހު ކައުންސިލް ހިގާދިޔަ ގޮތުގެ ރިޕޯޓާއި، ފައިސާގެ ހިސާބުތައް ޙިއްސާކުރުމާއި، ކުރިއަށް އޮތް ދެހާސް ތޭވީސް ވަނައަހަރުގެ މަސައްކަތު ތާވަލަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުން ކުރިއަށް ގެންދެވުނެވެ.