ކައުންސިލްގެ ނައިބުރައީސް ކަމަށް މޫސާޙަސަން އިންތިޚާބު ކޮށްފި

މާއުނގޫދޫ ކައުންސިލްގެ ނައިބު ރައީސް ކަމުގެ މަޤާމުގައި ހުންނެވި މުސްތަފާ ޢަބުދުލްޤައްޔޫމް 15 ފެބުރުއަރީ 2022 ވަނަ ދުވަހު ނައިބުރައީސް ކަމުގެ މަޤާމުން އިސްތިޢުފާ ދެއްވުމާއި ގުޅިގެން 20 ފެބުރުއަރީ 2022 ވަނަ ދުވަހު ބޭއްވުނު މާއުނގޫދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 31 ވަނަ ޖަލްސާއިން ކައުންސިލުގެ ނައިބު ރައީސްކަމަށް މޫސާ ޙަސަން ވަނީ އިންތިޚާބު ކުރެވިފައެވެ.

ކައުންސިލުގެ ނައިބުރައީސް ކަމުގެ މަޤާމަށް ކުރިމަތި ލެއްވުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތި ލައްވައި މޫސާޙަސަން ވޯޓް ކާމިޔާބުކުރެއްވީ 03 ވޯޓާއި އެކު ކައުންސިލުގެ މެޖޯރިޓީ އަޤުލަބިއްޔަތުންނެވެ.