ފެބުރުއަރީ މަހުގެ ރައްޔިތުންގެ ބައްދަލުވުން މިމަހު 27 ގައި ބާއްވަނީ

ލާމަރުކަޒީ ޤާނުނާއި އެއްގޮތައް ކައުންސިލުން ބާއްވާ ފެބުރުއަރީ މަހުގެ ރައްޔިތުންގެ ބައްދަލުވުން 27 ފެބުރުއަރީ 2022 ވާ އާދިއްތަ ދުވަހުގެ ރޭ 21:00 ގައި މާއުނގޫދޫ ސްކޫލު ހޯލުގައި ބާއްވާ ގޮތައް ވަނީ ހަމަޖެހިފައެވެ.

މިބައްދަލުވުމުގައި ފާއިތުވެ ދިޔައަހަރުގެ މަސައްކަތްތަކާއި، ފައިސާގެ ހިސާބުތައް ރައްޔިތުންނާ ޙިއްސާ ކުރުމުގެ އިތުރައް، ކައުންސިލުން ކުރިއަށް ރާވާފައިވާ މަސައްކަތްތަކައި ރަށުގެ ތަރައްޤީއަށް ސަރުކާރުންނާއި ކައުންސިލުން ރަށުގައި ހިންގަވަމުން ގެންދަވާ ޕްރޮޖެކްޓް ތަކުގެ މަޢުލޫމާތު އެރުވުން އޮންނާނެއެވެ.

މީގެ އިތުރަށް އަލަށް ފެށުމަށް ތާވަލުކުރެވިފައިވާ ޕްރޮޖެކްތަކާއި ހިގަމުންދާ ޕްރޮޖެކްޓްތަކަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުން މިބައްދަލުވުމުގެ އެޖެންޑާގައި ވަނީ ހިމެނިފައެވެ. މިބައްދަލުވުމުގައި މާއުނގޫދޫގެ ވީހާ ގިނަޢަދަދެއްގެ ރައްޔިތުން ބައިވެރިވެދެއްވުމަކީ ކައުންސިލްގެ އެދުމެކެވެ.