އާ ފުޓުސަލް ދަނޑެއް އެޅުމަށް ޙަވާލުކުރެވިއްޖެ

މާއުނގޫދޫގައި މިހާރުއޮތް ފުޓުސަލްދަނޑު އޭ ގްރޭޑްއަށް ފެތޭގޮތަށް ބޮޑުކޮށް އާ ފުޓުސަލްދަނޑެއްއެޅުމަށް އެޝުއަރ ސަޕްލައި އާއި މިއަދު ޙަވާލުކުރެވިއްޖެއެވެ.  މިމަސައްކަތް ޙަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު (06 މާރޗް 2022) 11:00 ގައި މާއުނގޫދޫ ކައުންސިލުގެ ޖަލްސާކުރާ މާލަމްގައެވެ. އެޝުއަރ ސަޕްލައިގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބުރާހިމް ލަތީފްއެވެ. ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އާދަމް ސަލީމްއެވެ.

މިއެއްބަސްވުމުގެ ދަށުން ދަނޑުގެ ސައިޒްބޮޑުކޮށް ހުރިހާ ވަސީލަތްތަކާއިއެކު ފުރިހަމަ ދަނޑެއް ތަރައްޤީ ކުރެވޭނެއެވެ. މިމަސައްކަތް އެޝުއަރ ސަޕްލައިއާއި ޙަވާލުކުރެވިފައިވަނީ، 1،452،963.15 (އެއްމިލިއަން ހަތަރުލައްކަ ނުވަސަތޭކަ ފަސްދޮޅަސް ތިންރުފިޔާ ފަނަރަ ލާރި) އަށް ދެމަސް ދުވަސްތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.