ޔޫތު ސެންޓަރ މަރާމާތުކުރުމަށް ފަހު ގޭމްސެންޓަރެއް ހުޅުވަނީ

ޔޫތު ސެންޓަރުގެ ބައެއް މަރާމާތު ކުރުމަށް އިބުރާހިމް އިންވެސްޓްމެންޓާއި އެކު މިއަދު (09 މާރޗް 2022) ގައި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން މާރާމާތުތައް ނިންމުމަށްފަހު ގޭމްސެންޓަރެއް ރަމާޟާން މަހާއި ދިމާކޮށް ހުޅުވާގޮތައް ހަމަޖެހިއްޖެއެވެ. ޔޫތު ސެންޓަރު ޢިމާރާތުގައި ޤާއިމްކުރެވޭ ގޭމްސެންޓަރުގައި އެންމެ ފަހުގެ ޕީ.އެސް 05 ގެ ގޭމްތައް ކުޅެވޭނެ އިންތިޒާމް ހަމަޖައްސައި ދޭގޮތައް ކައުންސިލުން ވަނީ ނިންމަވާފައެވެ.

އަދި ގޭމްރޫމް އެއަށްކޮންޑިޝަން ކުރުމާއި އެކު އެހެނިހެން ވަސީލަތްތައްވެސް ޤާއިމް ކުރެވިގެން ދާނެއެވެ. މިއީ ޒުވާނުންނަށް ޚާއްސަކޮށް މާއުނގޫދޫގެ ގޭމްކުޅުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ބޭނުންކުރެވޭގޮތަށް ގޭމްރޫމް ތަރައްޤީކުރުމަށް ކައުންސިލްްގެ 2022 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ހިމެނިގެން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.